FC Maafaru

FC Maafaru MAAFARU FC on Facebook

03/05/2025

މާފަރު ދުށް އެންމެ މޮޅު އެއް ފޯވާޑު!
އެއީ މާފަރުގައި އުފެދުނު ކުޅަދާނަ ފުޓްބޯޅަ ތަރިންގެ ސަފުގައި ހުނިޖަހާލެވޭފަދަ އާދަޔާ ޚިލާފު ތަރިއެކެވެ. އިތުބާރު، މޮޅު ފޯވާޑެކެވެ. ކޮއްޓުމާއި ނެއްޓުމުގައި މާހިރެކެވެ. އިދިކޮޅު ޓީމުގެ ޑިފެންޑަރުން ޖެހިލުންވާ ފަދަ ހުނަރުވެރިއެކެވެ. މިއަދު ވެސް އެފަދަ ދެވަނަ ކުޅުންތެރިއަކަށް މާފަރު ޓީމު އެދެމުންދާ ފަދަ ކުޅުންތެރިއެކެވެ. އެއީ ނ. މާފަރު، ސޯސަންގެ، މުޙައްމަދު ޙުސައިން (ޝޭޑީ)އެވެ.
ޝޭޑީވަނީ ވަރަށް ޅަ ޢުމުރުގައި މާފަރުގެ ފުޓްބޯޅަ ޓީމުން ޖާގަ ހޯދައިފައެވެ. ޝޭޑީ، އެންމެ ފުރަތަމަ މާފަރު ޓީމަށް ކުޅެފައިވަނީ އޭނާގެ ޢުމުރުން އެންމެ 10 އަހަރުގައެވެ. އެއީ މާފަރު ޓީމާއި ކުޑަފަރި ޓީމު ބައްދަލުކުރި މެޗެއްގައެވެ. މީލާދީން 1992ވަނަ އަހަރު، ނ. ކުޑަފަރީގައި ކުޅުނު މި މެޗުގެ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ ދެއްކި މޮޅު ކުޅުމުގެ ސަބަބުން ޓީމުން ދާއިމީ ޖާގައެއް އޭނާއަށް ކަށަވަރުވެގެން ދިޔައެވެ.
ޝޭޑީގެ ފުޓްބޯޅަ ހަޔާތުގެ ރަންދުވަސްވަރު، ރަށު ފެންވަރުގައި އިންތިޒާމުކުރި ހުރިހާ މުބާރާތްތަކެއްގައިހެން އޭނާ ކުޅެފައިވެއެވެ. ހަމައެހެންމެ ފުޓްބޯޅަ ކުޅުންތެރިއެއްގެ ހައިސިއްޔަތުން، އަތޮޅު ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި އަދި ޤައުމީ ފެންވަރުގައި މާފަރު ތަމްސީލުކޮށްދީފައިވެއެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް އުސްއަލިތަކަށް ބަލައިލާނަމެވެ.
ރަށުފެންވަރުގެ މުބާރާތްތަކަށް ބަލާއިރު، ޝޭޑިގެ ކުޅުން އެންމެ ފުރަތަމަ ފެނިފައި ވަނީ ޢުމުރުން 9 އަހަރުގައި، މާފަރު ސުކޫލު އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުންނެވެ. އެގޮތުން ނޫބައި (މާރަނގަ ހައުސް) ތަޢާރަފުކުރި އަހަރު، މުބާރާތުގައި ނޫބައިގެ ކެޕްޓަން ބޭންޑު އަޅައިގެން ކުޅުނީ ޓީމުގައި އޭރު ހުރި އެންމެ ހަގު ކުޅުންތެރިޔާ މުޙައްމަދު ހުސައިން (ޝޭޑީ)އެވެ.
ރަށުފެންވަރުގައި ޝޭޑީގެ ހުނަރުވެރިކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ އެއް މުބާރާތަކީ އޮފީސް ކަޕް ފުޓްބޯޅަ މުބާރާތެވެ. މީލާދީ ސަނަތުން 1999ވަނަ އަހަރު ބޭއްވި ދެވަނަ އޮފީސް ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިޔަންކަން ޑައިމަންޑު ޓީމުން ހޯދިއިރު އެ ކާމިޔާބީގެ އެއް ހިއްސާދާރަކީ ޝޭޑީއެވެ. ޢުމުރުން އެންމެ 17 އަހަރުގައި، ޝޭޑީ ވަނީ އެ މުބާރާތުގެ އެއްވަނަ ފޯވާޑުކަމުގެ މަޤާމު ހާސިލުކޮށްފައެވެ.
ޝޭޑީ ވާދަކޮށްފައިވާ އަތޮޅު ފެންވަރުގެ މުބާރާތްތަކަށް ބަލާއިރު، ދިވެހި ލީގުގެ ނ. އަތޮޅު މުބާރާތާއި ކެޔޮޅުކަޕް މުބާރާތް ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ ސިޔާމް-މައުރޫފް ސޮކަރ ކަޕް ފުޓްބޯޅަ މުބާރާތާއި މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތްފަދަ މުބާރާތްތަކުން ޝޭޑީގެ މޮޅު ކުޅުން ފެނިގެން ގޮސްފައިވެއެވެ. މީގެއިތުރުން މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރާއި ކުރެއްދޫ ކަޕް 2013ފަދަ ސަރަހައްދީ މުބާރާތްތަކުގައި ވެސް ޝޭޑީ ވަނީ މާފަރު ޓީމު ތަމްސީލުކޮށްފައެވެ.
ޤައުމީ ލެވެލްގައި ޝޭޑީގެ ހުނަރު، މުޅި ރާއްޖެއަށް ފެނިގެން ދިޔައީ ޒޯން ޗެމްޕިއަންސް ލީގް 52ވަނަ ޤައުމީ މުބާރާތުންނެވެ. މި މުބާރާތުގައި މާފަރު ކުޅުނު ފުރަތަމަ މެޗު ނިމިގެން ދިޔައީ އެއްވަރުވެގެންނެވެ. ބަލިނުވެ ފަރުޖައްސާލެވުނު ނަމަވެސް ކަރުއެލުވާލައިގެން ގަލޮޅު ދަނޑުން ނިކުތް ސަޕޯޓަރުން ޖެހިގެން އައި މެޗުގައި ހެއްވާލަދިން ކުޅުންތެރިޔަކީ ޝޭޑީއެވެ. ގަލޮޅު ރަސްމީ ފުޓްބޯޅަދަނޑުގައި، މުލީ ޒުވާނުންގެ ޖަމްޢިއްޔާއާ ދެކޮޅަށް، 26 ޖޫން 2002ގައި ކުޅުނު މެޗު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން މާފަރު މޮޅުވެގެންނެވެ. އެ މެޗުގެ ފަހު 5 މިނެޓުގެ ތެރޭގައި، މުލީ ޓީމުގެ ޕެނަލްޓީ އޭރިޔާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ސީދާ ފަޔަށް ލިބުނު ބޯޅަ، ޑިފެންޑަރު ފަހަތުން ވިއްދާފައި ހުއްޓައި، ބޯޅަ ކޮންޓްރޯލު ކޮއްލުމާ އެކު ވާތްފަރާތުން އެނބުރިގަތްގޮތަށް ޑިފެންޑަރު ބީޓުކޮށްލުމަށް ފަހު އެއް ޓަޗުން ގޯލުގެ މަތީކަނަށް ބޯޅަ ވައްދާލައިގެން މެޗުގެ ހަމައެކަނި ގޯލު މާފަރު ޓީމަށް ކާމިޔާބުކޮށްދިނީ މާފަރުގެ ހުނަރުވެރި ފޯވާޑް މުޙައްމަދު ޙުސައިން (ޝޭޑީ)އެވެ.
މެދުނުކެނޑި އެތައް އަހަރަކު މާފަރު ޓީމަށް ޝޭޑީ ކުޅެފައިވެއެވެ. މިއަދުގެ ޒުވާން ކުޅުންތެރިންނަށް ޝޭޑީއަކީ ނަމޫނާއެކެވެ. ފުޓްބޯޅައިގެ ޙަޔާތުގައި އޭނާ ދެމެހެއްޓި އަޚްލާޤާއި ރިވެތި ސުލޫކާއި މި ކުޅިވަރަށް އޭނާގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަމަކީ އަދުގެ ޒުވާން ޖީލަށް ނުހަނު މުހިންމު ފިލާވަޅުތަކެއްކަން ކަށަވަރެވެ. މާފަރުގެ ރަސްމީ ފުޓްބޯޅަ ޓީމުން މިހާރު، ޝޭޑީ ނުފެނުނަސް އޭނާ އަދިވެސް ފުޓްބޯޅަ ކުޅުން ހުއްޓައެއް ނުލައެވެ. ރަށު ފެންވަރުގެ ބައެއް މުބާރާތްތަކުން މިއަދު ވެސް އޭނާގެ ކުޅުން ފެންނަމުންދެއެވެ.

މައުލޫމާތު:
- [ރީތި ރާއްޖެ] ނޫސް (1999)
- ހަވީރު ނޫސް (ޖޫން / ޖުލައި 2002)
- އާފަތިސް ނޫސް (ޖޫން / ޖުލައި 2002)
- ބަސްދީގަތުންތައް

A heartfelt thank you to all our incredible contributors, sponsors, and partners. Your unwavering support and collaborat...
03/05/2025

A heartfelt thank you to all our incredible contributors, sponsors, and partners. Your unwavering support and collaboration made this journey possible. Here’s to building more together!

Not from Maafaru, but you wore our colors with pride and fought for our badge like it was your own. Your dedication, spi...
02/05/2025

Not from Maafaru, but you wore our colors with pride and fought for our badge like it was your own. Your dedication, spirit, and passion brought us together as one team, one family. Thank you for representing us with heart and honor!

To our incredible fans,Your energy, passion, and unwavering support fueled every moment of our journey. Thank you for st...
02/05/2025

To our incredible fans,

Your energy, passion, and unwavering support fueled every moment of our journey. Thank you for standing with us!

28/04/2025
Our journey ends here, but our spirit remains unbroken. In Sha Allah, we will rise stronger, together. Thank you for bel...
27/04/2025

Our journey ends here, but our spirit remains unbroken. In Sha Allah, we will rise stronger, together. Thank you for believing in us.

Photo credit:

Sponsors and Partners:



Dhoadhi Mart
mv
Teal Express
MV Shaahee

27/04/2025

Naifaru Chelsea secures the first spot of the Finals 🔥

27/04/2025
Halftime Sponsors and Partners:   Dhoadhi Martmv Teal ExpressMV Shaahee
27/04/2025

Halftime

Sponsors and Partners:



Dhoadhi Mart
mv
Teal Express
MV Shaahee

Address

Manadhoo

Website

Alerts

Be the first to know and let us send you an email when FC Maafaru posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to FC Maafaru:

Share

Category