27/11/2024
މަރުޙަބާ އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން އަދި ފިރިހެން ޓީމަށް. ދެޓީމުވެސް ހޯދަމުން ތިދާ ކާމިޔާބީއާއިއެކު މިއަދު ލިޔެވިގެން މިދަނީ މުޅިން އައު ޞަފްޙާއެއް. ނިލަންދޫއަކީ މީގެ ކުރިން އަތޮޅު ފެންވަރުގައިވެސް އެހެން ޓީމުތަކާއި ވާދަކޮށް ކާމިޔާބު ލިބުމުގައި ފަހަތުގައި އޮތް ރަށެއް ނަމަވެސް ރަށުގައި ޤާއިމު ކުރެވުނު ޒަމާނީ ވޮލީ ކޯޓާއި އެކީ ކޮންމެ އަހަރަކުވެސް މުބާރާތްތަށް މުއައްސަސާތަކާއި ޖަމްޢިއްޔާ އަދި ފަރުދުން އިސްނަގައިގެން ބާއްވަން ފެށުމާއެކު މިއަދު ވޮލީގައި ނިލަންދޫއަކީވެސް ހުނަރުވެރި ކުޅުންތެރިން ހިމެނޭ ރަށަކަށް ބަދަލުވެ ނަތީޖާ މިވަނީ ފެންނަން ފަށާފައި. މިއަހަރު ގާތްގާތުގައި ބޭއްވުނު 3 މުބާރާތުން އެންމެ ބޮޑު ފައިދާއެއް ލިބިގެން ދިޔަ ކަމަށް ޤަބޫލު ކުރަންޖެހެނީ ޒުވާން ކުދިންނަށް. ޚާއްޞަކޮށް ސްކޫލު ކުދިންނަށް. މުޅިން އަލަށް އިންޓަރ ސްކޫލު މުވާރާތެއްގައި ވާދަކުރަން ޓީމުތައް މާލެއައިސް ހޯދަމުން އެދަނީ ފަޚުރުވެރިވުން ޙައްޤު ނަތީޖާތަކެއް. އަންހެން 19 އަހަރުން ދަށުގެ ޓީމު ކުޅުނު 4 މެޗް ކާމިޔާބުކޮށް ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރިއިރު 19 އަހަރުން ދަށުގެ ފިރިހެން ޓީމުވެސް މިވަނީ ކުޅުނު 2 މެޗުން މޮޅުވެ ސެމީފައިނަލަށް ހޮވިފައި. ޙަޤީޤަތާއި ކުރިމަތިލުމުގެ ގޮތުން ދަންނަވަން ޖެހެނީ ކުރިން ފާހަގަކުރި ގޮތުން ގާތްގާތުގައި މުބާރާތްތަށް އެކިފަރާތްތަކުން ރާވާ ހިންގުމާއި ސްކޫލުން އިސްނަގައިގެން މިފަދަ ފުރުޞަތެއް ކުދިންނަށް ތަނަވަަސްކޮށްދިނުމަކީ ތޮށިގަނޑު ފަޅާލައިފައި ބޭރަށް ނުކުމެ މިފަންނުގައިވެސް ކުދިންގެ ފައިތިލަ ޘާބިތުކޮށްލަން ތަނަވަސްވެގެން ދިޔަ އަގުހުރި ފުރުޞަތެއްކަމަށް. ޝުކުރިއްޔާ މިކަމުގައި ޝާމިލްވާ އެންމެހާ ފަރާތްތަށް. ތަޢުލީމީ މަރުކަޒުގެ ވެރިންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް ޚާއްޞަ ޝުކުރެއް އަރިސްކުރަން. Faafu Atoll Education Centre - FAECFaafu Atoll CouncilDaylight ClubFagitoF.Nilandhoo WDCFaafu Nilandhoo Council IdhaaraaReal JerseyIsmail Naseer Ibrahim