Fit Nash Life

Call Directions

Fit Nash Life Physical & Mental Fittness with Healthy Life Style

certified as a Aerobics instructor
certified as a Gym instructor certificate 1
certified as a Personal trainer

16/10/2026

Weight maintain kuran maintenance officer eh hoadhanvee kanneyge
Amillahattah vaavarukamehnoon meeyeh 😁

ލުއިކޮށްކައިގެން ބަރުދަން ލުއިވާނަމަ މިހާރު އަހަރެން ބަރުދަން ލުއިވެއްޖައިސް، މިހެންކިޔާފަ ޕޯސްޓެއްޖަހާލާންކެރޭކުއްޖެއްހ...
13/10/2026

ލުއިކޮށްކައިގެން ބަރުދަން ލުއިވާނަމަ މިހާރު އަހަރެން ބަރުދަން ލުއިވެއްޖައިސް،
މިހެންކިޔާފަ ޕޯސްޓެއްޖަހާލާންކެރޭކުއްޖެއްހުރިބާ

ހައްތާވެސް ފެންނަނީ ޑައިޓްކޮށްގެން ކަސްރަތު ވީޑިއޯ ބަލައިގެން ހިކޭނަމަ ހިކުނީހޭކިޔާފަ ހުންނަ ޕޯސްޓްތައް ޝެއާ ކުރާތަން

ލުއިކޮށްކާން އަދާކުރީމަ ލުއިނުވެ ނުހުންނާނެ އިންޝާﷲ 🥰

ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހުރިހާ މީހުން ވެސް ބޭނުން ވެއެވެ އެކަމަށްޓަކައި ތަފާތު ގޮތްގޮތުން ކެއ...
12/10/2026

ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހުރިހާ މީހުން ވެސް ބޭނުން ވެއެވެ

އެކަމަށްޓަކައި ތަފާތު ގޮތްގޮތުން ކެއުމަށް ބަލައިގެންނާ ހިނގަންގޮސްގެންނާ ކަސްރަތު ޕްރޮގްރާމް ތަކުގަ ބައިވެރި ވެގެންނާ ޑައެޓް ޕްރޮގްރާމް ތަކުގަ ބައިވެރިވެގެން މީހުން މަސައްކަތް ކުރެއެވެ.

އަދި ގިނަ މީހުން ގެ ވިސްނުމުގަ ހުންނަނީ ވީހާވެސް އަވަހަކަށް ލުއިކޮށްލަން ކަމަށްވާތީ ސިއްހަތާ ނުގުޅޭ ތަފާތު އެހެނިހެން އުފެއްދުންތަކުގެ އެހީގަ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ މީހުންވެސް ވަރަށް ގިނައެވެ.

ކޮންމެ މީހަކުވެސް ބޭނުން ވަނީ އެންމެ ފަސޭހައިން ބަރުދަން ލުއިކޮށްލެވޭނެ ގޮތެކެވެ،

މިއަދު މިއުޅެނީ އެންމެ ފަސޭހައިން ބަރުދަން ލުއިކޮށްލެވޭނެ ގޮތުގެ ވާހަކަ ބުނެލާށެވެ

އެގޮތަކީ ކެއުން މަދުކޮށް ހަރަކާތްތެރިވެއުޅުން ގިނަކޮށްލުމެވެ.
އަދި މިގޮތުގައި ބަރުދަން ލުއިވަމުންދަނީ ހީކުރާހާއަވަހަށް ނޫންކަމުގަވިޔަސް ބަރުދަން ހުންނަންވާ ރަގަޅު މިންގަނޑަކަށް ގެނެވެންދެން ކެތްތެރިކަމާއެކު ހިފަހައްޓާލުމެވެ.

ބަރުދަން ލުއިކުރުމުގެ ބޭނުމަކީ ބަރުދަން އިތުރުވެފައިހުރުމަކީ ސިއްހީ ގިނަ މައްސަލަތަކަކަށް މަގުފަހިވެދާނެ ކަމަކަށްވާތީއެވެ.

ފިޓްނަޝްލައިފް ހެލްތީ ލައިފްސްޓައިލް ޕްރޮގްރާމް އަކީ ލައިފްސްޓައިލް އަށް ރަގަޅުބަދަލެއް ގެނެސްގެން ދުޅަހެޔޮ ކަން ލިބިގަތުމަކީ އެންމެ ފައިދާހުރި އަދި އެންމެ ރަގަޅު ގޮތްކަމުގައި ވިސްނަދީ މިގޮތަށް މީހުން އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމް އެކެވެ.

މި ޕްރޮގްރާމް ގައި ކާނީ ގޭގައި އަމިއްލައަށް ތައްޔާރުކުރާ ކާނާއެވެ، ކާމިންވަރާ ހަރަކާތްތެރިވެއުޅުމަށް ގެނެވޭ ހެޔޮބަދަލާ ނަފްސާނީގޮތުން ދުޅަހެޔޮ ކަންމަތީ ހުރުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ވިސްނައިދީ އެހީތެރިވެދިނުމަކީ މި ޕްރޮގްރާމް ގެ ބޭނުމެވެ،

ބަރުދަން ލުއިކުރުމަށް ބޭނުންނަމަ ބަރުދަން އިތުރުވާން މެދުވެރިވި ސަބަބުތައް ނައްތާލުމަށް މަސައްކަތް ކުރަންޖެހެއެވެ.

މާބަނޑު ވުމާ ނުވަތަ ސިއްހީ އެހެން މައްސަލަ އަކާ ގުޅިގެން ބަރުދަން އިތުރުވީކަމުގަ ވީނަމަވެސް ރަގަޅުގޮތުގަ މަސައްކަތް ކުރެވިއްޖެނަމަ ބަރުދަން ލުއިކޮށްލެވޭނެ އެވެ.
ކާމިޔާބު ވަނީ ނުވާނޭބުނެ ހުއްޓުމަކުން ނޫނެވެ
ވާނޭ ބުނެ ކުރިޔަށް ދިއުމުންނެވެ

މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ލޮބުވެތި ހުރިހާ މުދައްރިސުންނަށް އަރިސްކުރަނީ ނުހަނު ލޯތްބާއެކު 💕 Happy teac...
05/10/2026

މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާ ތަހުނިޔާ ލޮބުވެތި ހުރިހާ މުދައްރިސުންނަށް އަރިސްކުރަނީ ނުހަނު ލޯތްބާއެކު 💕
Happy teachers day to all teachers 💕

މައިންބަފައިންނާ ޓީޗަރުން ނަކީ ޅަދަރިންގެ މުސްތަގުބަލް ބައްޓަންކޮށްދީ އިލްމާހިލްމު ދަސްކޮށްދީ މުޖުތަމައު ބިނާކުރާ މޭސްތިރިން

މި ބުރަ މަސްއޫލިއްޔަތު އަދާކުރަމުންދާ އެދުރުންގެ މަސައްކަތް ފާހަގަކޮށް ހެޔޮއެދުމާ ހެޔޮދުއާއާ ހިތްވަރު ދިނުމަކީ އަބަދުވެސް ކުރަން ޖެހޭނެ ކަމެއް

މިއަދު މިގައުމު އެންމެ ބޮޑަށް ބޭނުންވަނީ އަންނާންއޮތް ޖީލުތައް ތަރުބިއްޔަތު ކުރާ މައިންބަފައިންނާ އެދުރުން، ދަރިންގެ ދީނީ އަގީދާއަށް ބޮޑު އިސްކަމެއްދީ އެއްކައުވަންތަ ވަހުދަތު އެދަރިންގެ ހިތްތަކުގަ ބިންވަޅު ނެގުވުން ކަމާމެދު އެއްވެސް ޝައްކެއްނެތް

ކައިރި އަވައްޓެރި ގައުމުތަކުގައިވެސް މުސްލިމުންނޭ ކިޔާ ބޮޑު އާބާދީތައް އޮތެއްކަމަކު އިސްލާމީ ވަހުދަތު އެމީހުންނަށް އެއްވެސް ވަރަކަށް އޮޅުންފިލާފާ ނެތުމުން ޝިރުކުގެ ތެރޭގާ އެމީހުން މަގުގެއްލިފާވަނީ އިސްލާމީ އަގީދާ ފަހުން ވެފައިނުވާތީ

އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޚުލްގުހެޔޮ ދަރިންތަކެއް ތަރުބިއްޔަތު ވެގެން ދިއުމަކީ މުޖުތަމައުގެ ހަމަޖެހުމާއި ގައުމުގެ އަމަންއަމާންކަމާއި ކުރިއެރުމުގެ ސަބަބުކަމޫގައިވެގެންދާނެ،
އިލްމަކި ހިލްމާއެކުގަނޫނީ ފައިދާ ކުރާނެ އެއްޗެއްނޫން،

މިއަދުގެ ޝަރަފްވެރިކަމުގައިވި އެދުރުންނާއި ޓީޗަރުންގެ ހެޔޮމަސއްކަތުގަ ބަރަކާތް ލައްވާ ށި އާމީން 💕

" ކާށެވެ ، ބޯށެވެ، އަދި އިސްރާފް ނުކުރާށެވެ، އަދި ހަމަކަށަވަރުން އިސްރާފް ކުރާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެން ނުވެއެވެ "އި...
04/10/2026

" ކާށެވެ ، ބޯށެވެ، އަދި އިސްރާފް ނުކުރާށެވެ،
އަދި ހަމަކަށަވަރުން އިސްރާފް ކުރާ މީހުންދެކެ ﷲ ލޯބިވެ ވޮޑިގެން ނުވެއެވެ "

އިސްރާފް ކުރުމަކީ ބޭނުންވާ ވަރަށްވުރެ ގިނައިން ކާއެއްޗެހި ތައްޔާރުކޮށް އުކާލުން އެކަންޏެއް ނޫނެވެ

ބަނޑު ފުރި އިތުރުވާ ވަރަށް ކެއުމަކީވެސް އިސްރާފެކެވެ،

ކެއުމުގަ ސުންނަތް މިންގަނޑަކީ ބަނޑުގެ 1/3 އަށް ކެއުމެވެ،

ހަށިގަނޑަށް ދިމާވާ ގިނަގުނަ މައްސަލަތަކުގެ މައިގަނޑު ސަބަބަކީ ކާންވާމިންގަނޑަށްވުރެ ގިނައިން ކެއުމެވެ.

ފަލަ ވުމުގެ މައިގަނޑު ސަބަބަކީ ވެސް ކާންވާމިންގަނޑަށްވުރެ ގިނައިން ކެއުމެވެ އަދި ހަރަކާތްކޮށް އުޅުން މަދުވުމުގެ.

ކެއުން މަދުކޮށް ލާ ހަރަކާތްތެރިވެއުޅުން ގިނަ ކޮށްލާށެވެ
ދާދި ފަސޭހައިން ބަރުދަން ލުއިކޮށްލެވޭނެއެވެ. އިންޝާﷲ

އޮކްޓޫބަރު މަހުގެ ސީޒަން ގަ ބައިވެރި ވުމުގެ ފުރުސަތު އޮކްޓޯބަރު 1 އިން 3 އަށް މިވަނީ ހުޅުވާލެވިފަ.2026 ނިމެން ބާކީ 3 މަސ...
01/10/2026

އޮކްޓޫބަރު މަހުގެ ސީޒަން ގަ ބައިވެރި ވުމުގެ ފުރުސަތު އޮކްޓޯބަރު 1 އިން 3 އަށް މިވަނީ ހުޅުވާލެވިފަ.
2026 ނިމެން ބާކީ 3 މަސް،
12 ކިލޯ 3 މަސްތެރޭ ލުއިކޮށްލެވޭ ކުދިންނަށް ޚާއްސަ އިނާމެއް ލިބޭނެ 2026 ދުޅަހެޔޮކޮށް ނިންމާލަމާ 😊
ޕްރޮގްރާމް ގަ ބައިވެރިވެލެއްވިމަށް، ޕޭޖް ގެ ނަމްބަރ އަށް ވައިބަރ އިން މެސެޖް ކޮށްލައްވާ
9856375

29/09/2026
ބަތް ރޮށި ތިން އިރު ނުކެވިއްޖެއްޔާ  ވަރުބަލިވެ ގައިން ވާގިދޫވެ ތުރުތުރު އަޅާ ގޮތްވުމަކީ ހަގީގަތެއްކަމުގަ ގަބޫލު ކުރެވޭހެ...
28/09/2026

ބަތް ރޮށި ތިން އިރު ނުކެވިއްޖެއްޔާ ވަރުބަލިވެ ގައިން ވާގިދޫވެ ތުރުތުރު އަޅާ ގޮތްވުމަކީ ހަގީގަތެއްކަމުގަ ގަބޫލު ކުރެވޭހެއްޔެވެ.

އެހެންކަމަށްވާނަމަ، ބަތްރޮށިކާއިރު ތަރުކާރީގެ ބައި ގިނަ ކޮށްލާ ޕްރޮޓީން ގެ ބާވަތެއް ހިމަނާލައިގެން ކާން އަދާކުރާށެވެ

ނުވަތަ، ގޮވާމުގެ އެހެނިހެން ބާވަތްތަށްކަމުގަވާ މުގު، ކިނޯއާ ، އަދި މުގު ގެ ބާވަތްތަކާ ޗިކްޕީސް، ފަދަ ބާވަތްތަކަކީ ޕްރޮޓީން ގިނަ ބާވަތްތަކަށް ވީމާ، ތަރުކާރީ ސެލެޑަކާއެކު މީގެ ބާވަތެއް ހިމަނާލުމުން ބަރުދަން ލުއިކުރުމަށް އިތުރަށް ހަލުވިކަމެއްވެސް އަންނާނެއެވެ.

ކެއުމަކީވެސް ވަކި ލިމިޓެޑްގެ ތެރޭގައި ވަކި އަދަބުތަކެއް އެކުލެވޭ ހެން ކުރަންޖެހޭ ކަމެކެވެ.
ހަށިގަނޑަކީ ކެއިންބުއިމުގަވެސް އެ ހަށިގަނޑު ހޭނުވިގޮތަކަށް ހޭނޭނެ އެއްޗެކެވެ.
ހޭލާ ގޮތައް ޕެކެޓް ކޮފީ އެއް ބޮއެނުލެވިއްޖެއްޔާ މޫނުމައްޗަށް އަނދިރިވެ ތުރުތުރު އަޅާކަމަށް ބުނާ މީހުންނާ ވަރަށް ގިނައިން ދިމާވެއެވެ

އެހެންއެވަނީ ޕެކެޓް ކޮފީ އަކީ ބޭހަކަށް ވާތީއެއްނޫނެވެ. އޭގައި އެކުލެވޭ ގިނަ ހަކުރު ތަކުގެ ސަބަބުންނެވެ.
ވީމާ ހަށިގަނޑަށް ގެއްލުންވާ ތައްޔާރީ ކެއިންބުއިން ތައް ދޫކޮށްލާ ގޭގައި ފައިދާހުރި ކާނާއެއް ތައްޔާރު ކޮށްލައިގެން ކާން އަދާކުރުމުން މިކަންކަމަށް ހައްލު ލިބި ހުރިހާ ގޮތަކުން ފައިދާބޮޑުވާނެއެވެ.

ޕްރޮޓީން ފައިބަރ އެކުލެވޭ ގޮތަށް ކެއުމުން ބަނޑުހައި ވެގެން ތުރުތުރު އެޅުމާ ބޯއެނބުރުމާ ހަށިގަނޑަށް އެހެނިހެން ގޮތްގޮތުން ދިމާވާ އެހެނިހެން މައްސަލަތަކާ ގައިންގަޔަށް ނާރާ ބަލިތަކުން ދުރުކޮށްދީ ބަރުދަން ލުއިކޮށްލުމަށްވެސް ފަސޭހަވެގެންދާނެއެވެ.

22/09/2026

ބަދަލުހިފުމެއްނެތެވެ ސަބަބަކީ އެމީހެއްގެ ހިތާސިކުނޑީގާ ރަހުމެއް ކުލުނެތްނެތް މީހުން އެންމެފަހުން ހަލާކުވެދަނީ އެމީހުންނަށް އަމިއްލައަށްހެދޭ ގޯތްތަކުގެސަބަބުންނެވެ

Address

Sh. Funadhoo
Funadhoo

Telephone

+9609856375

Website

Alerts

Be the first to know and let us send you an email when Fit Nash Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share