23/03/2025
މިއަދު މި އެކަޑަމީ އުފައްދައި ކުދިންނަށް ކުޅިވަރުގައި ކުރިއެރުން ހޯދައިދިނުމަށް ޝައުގުވެރިކަން އުފެދުނީ އުމުރުން 10 އަހަރުގައި އެކަޑަމީއެއްގައި ހިތްހެޔޮ އޯގާތެރި ކޯޗުންނާއެކު ކުރެވުނު އުފާވެރި ތަޖުރިބާއިންކަން ނަފްސު ގަބޫލުކުރޭ. މިއީ އިޙްސާން ސަރ (ސާންތި) .އަޅުގަނޑުގެ ފުރަތަމަ ކޯޗު. ކުދިން ގޮވައިގެން އުޅެން އެނގޭ އެންމެންގެ އިޚްތިރާމް ލިބިފައިވާ ބޭފުޅެއް.. އެންމެ ހަނދާންވަނީ ފުޓުބޯޅައިގަ ‘ފަސްޓް ޓަޗް’ ގެ މުހިންމުކަން ކިޔައިދިން ދުވަސް. ކޯޗު ނިޔާވި ޚަބަރު އެހީ ފުން ހިތާމަޔާއެކު. 😢
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މާތް ﷲ މައްޔިތާގެ ފުރާނަ މަތިވެރިވެގެންވާ ޖަންނަތުލް ފިރުދައުސްގައި ލައްވާށިއެވެ! އަދި އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ! آمیـــــــــــــن یارب العالمين 🤲